ޝިޕިންގ އެޖެންޓުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ

ޝިޕިން އެޖެންޓުކަން ކުރަންބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ. ކަސްޓަމްސްއިން ބުނީ، ދިވެހިރާއްޖޭގައި ޝިޕިން...

14 Aug 2020 | 12:16

ޝިޕިން އެޖެންޓުކަން ކުރަންބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މިމަހުގެ 16 ވަނަ ދުވަހުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ.

އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 16 އޮގަސްޓުގެ ކުރިން، ގަވާއިދުގައިވާ ގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ކަސްޓަމްސްއަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ލައިސަންސެއް ނަގައިގެން ނޫނީ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ނުކުރެވޭގޮތަށް ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މިދިޔަމަހު ވަނީ ގެޒެޓްކޮށްފައެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ ދަށުން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ވަނީ އަންގާފައެވެ. ރަޖިސްޓްރީވުމަށް ދިން 30 ދުވަހުގެ މުއްދަތު މިމަހުގެ 16 ވަނަ ދުވަހަށް ހަމަވާނެއެވެ.

މިތާރީހުގެ ކުރިން ޝިޕިންގ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓަރ ކުރަންޖެހޭއިރު، އޮންލައިންކޮށް ރަޖިސްޓްރީވެވޭނެ އިންތިޒާމްވެސް އެ އޮޓޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، 17 އޮގަސްޓުން ފެށިގެން އައު ގަވައިދާ އެއްގޮތަށް ޝިޕިންގ އެޖެންޓުން ނުވަތަ ފުރައިޓު ފޯވާޑަރުން އަމަލުކުރަމުން ގެންދޭތޯ ބަލަމުން ގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް