ފިރިމީހާ، ނިކް ޖޮނަސް ހެނދުނު ހޭލާގޮތަށް އޮންްނާނީ އޭނާގެ މޫނަށް ބަލަން ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާ މިހެން ބުނީ އިންޑިއާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައެވެ.
ޕްރިޔަންކާ ބުނީ، ކޮންމެ ދުވަހެއްގެ ހެނދުނު ހޭލާގޮތަށް ނިކް އޮންނާނީ އޭނާގެ މޫނަށް ބަލަން ކަމުގައެވެ. އެވަގުތު ގޮސް މަސްކަރާ އަޅަން ނުވަތަ މޮއިސްޗަރައިޒާ ކޮޅެއް ހަކައިލައިގެން އަންނަން ހިތައް އަރާކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
އެއީ ބައެއްފަހަރު ވަރަށް ލަދުގަންނަ ކަމެއްކަން ފާހަގަކޮށް ޕްރިޔަންކާ އިތުރަށް ބުނީ، އޭނާގެ މޫނުން ނިދީގެ އަސަރު ނުފިލައި ހުއްޓަސް ނިކް އެވަރަށް ބަލާތީ ބައެއް ފަހަރު ވަރަށް އުފާވާ ކަމުގައެވެ.
ކޮންމެ ދިހަ ދުވަހަކުން މަދުވެގެން އެއް ފަހަރު ފިރިމީހާ އާއި ދިމާވާކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ. އެއީ ދެމީހުންގެ މެދުގައި ހެދިފައިވާ ގަވާއިދެއްކަން ފާހަގަކޮށް ޕްރިޔަންކާ ބުނީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދެމީހުން ތިބި ނަމަވެސް ހަފްތާއަކު އެއް ފަހަރު ދިމާވަން ޖެހޭނެ ކަމަށް ދެމީހުން ވަނީ މާ ކުރިންވެސް ކަނޑައަޅާފައެވެ. ދެމީހުންނަކީ ވަރަށް ބިޒީކޮށް އުޅޭ ދެމީހުން ނަމަވެސް، އަބަދުވެސް މި ގަވާއިދާ އެއްގޮތަށް އަމަލު ކުރާ ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އާއި ނިކްގެ ޖޯޑަކީ މިހާރު އެންމެ މަގްބޫލު އެއް ޖޯޑެވެ. މިޖޯޑު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ގޮށް ޖެހީ މިދިޔަ އަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް