ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެމަރޖަންސީ ޙިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެމަރޖަންސީ ޙިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް  ގެނެސްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ އިއްޔެ...

14 Aug 2019 | 02:55

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެމަރޖަންސީ ޙިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް  ގެނެސްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އަޟްހާ ޢީދުގެ ހެޔޮ އެދުންތަކާއިއެކު މިގެނެވުނު ހެޔޮ ބަދަލުތައް 13 އޯގަސްޓް 2019 އިން ފެށިގެން ލިބެމުންދާނެއެވެ.

މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކަނޑައެޅިފައިވާ ސްޕެޝަލިސްޓުންނަށް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ) ޙިދުމަތްދެވޭ ގަޑިތައް  ރޭގަނޑު 22:30ގެ ނިޔަލަށް އިތުރުކޮށްފައިވާކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި  24 ގަޑިއިރު މެދުކެނޑުމެއްނެތި އެމަރޖަންސީގެ ޙިދުމަތް ލިބެމުންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވުމަށް ނުވަތަ [email protected]    އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް