މަދިރީގެ ޒަރީއާއި ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޑެންގީ ހުން، ބަންގްލަދޭޝްގައި ކޮންޓްރޯލުން ނެއްޓި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 40 މީހަކު މަރުވެއްޖެއެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިއީ މި ފަހަކަށް އައިސް އެ ގައުމުގައި ޑެންގީ ހުން ކޮންޓްރޯލުން ނެއްޓި ފުރަތަމަ ފަހަރެވެ.
ހޮސްޕިޓަލު ތަކުގައި މިހާރުވެސް ޑެންގީ ހުން ޖެހި އެތައް ހާސް ބަޔަކު އެޑްމިޓް ކޮށްފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް ދެ ހާހަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ޑެންގީ ހުން ޖެހިގެން މި ހަފްތާގެ ތެރޭގައި މަރުވެފައިވަނީ 40 މީހުން ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވީނަމަވެސް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި ޑެންގީ ހުން ޖެހިގެން މި ހަފްތާގައި މަރުވި މީހުންގެ އަދަދު އުޅޭނީ 100 އަށްވުރެ މަތީގައެވެ.
މިއީ އަޟްހާ ޢީދުގެ ބަންދު ކަމުން ވެރިރަށް ދާކާ ދޫކޮށް އަވަށްތަކަށް ޗުއްޓީއަށް ދިޔަ މީހުން އެނބުރި ދާކާއަށް އަންނަން ފެށުމުން ޑެންގީ ހުން ފެތުރޭލެއް އިތުރުވެގެންދާނެ ކަމުގައި ބެލެވޭ ކަމަށްވެސް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ޑެންގީ ހުން (އިނގިރޭސި ބަހުން: Dengue Fever) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ. މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ.
ޑެންގީ ހުމަކީ ފްލޭވި ވައިރަސް(އިނގިރޭސި ބަހުން: Flavivirus) ގުރޫޕަށް ނިސްބަތްވާ ޑެންގީ ވައިރަސް(އިނގިރޭސި ބަހުން: Dengue Virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސް އުފުލާ ނުވަތަ ވައިރަސް ފަތުރާ މަދިރިއަށް ކިޔަނީ އީޑީސް(Aedes) އެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ތަފާތު 4 ބާވަތެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޢާންމު ގޮތެއްގައި ހޫނު ހިސާބު ތަކުގައި ފެތުރޭ މިބަލި އޮސްޓްރޭލިޔާ، އެފްރިކާ، އަދި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ.
ޑެންގީ ހުން އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް