ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭން ދަތުރުފުޅެއްގައި، ބުރާސްފަތި ދުވަހު ގދ. ތިނަދޫ އަށް ވަޑައިގެންނަވާނެކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ތިނަދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަށެވެ.
މިދަތުރުފުޅުގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ޚާއްސަކޮށް އިސްރަށްވެހިންނާއި ޒުވާނުންނާ ބައްދަލުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. " ތިނަދޫގެ އާދަޔާ ޚިލާފު ތަރައްޤީ ދެކިލުމަށެވެ." ޑރ،ޝަހީމް ގެ ޓްވީޓްގައި ލިޔުއްވާފައި ވެއެވެ. ޑރ.ޝަހީމް މިހާރު ހުންނެވީ ކެމްޕޭން ދަތުރުފުޅެއްގައި ޏ.ފުވައްމުލަކުގައެވެ. އެމަނިފާނު ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ހާލު ގާތުން އަންނަނީ ބައްލަވަމުންނެވެ. އަދި ރޭގައި އެމަނިކުފާނު ވަނީ ފުވައްމުލަކުގައި ދަރުސެއްވެސް ދެއްވާފައެވެ.
ޑރ،ޝަހީމް މީގެކުރިން ވަނީ ކެމްޕޭން ދަތުރުފުޅުގައި މެލޭޝިޔާއަށް ވަޑައިގެން އެތާންގައި ދިރިއުޅޭ ދިވެހިރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް