ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެވަޑައިގެންފި

ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ހދ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ތިން ދުވަހުގެ މިދަތުރުފުޅުގައި އިބޫ ވަނީ ހދ އ...

14 Aug 2018 | 12:53

ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ހދ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ތިން ދުވަހުގެ މިދަތުރުފުޅުގައި އިބޫ ވަނީ ހދ އަތޮޅުގެ 13 ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މިދަތުރުފުޅުގައި ހދ އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވަނީ އެއަތޮޅުގެ ރައްޔިތުންނަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މަކުނުދޫއަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރޭގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެކަމަށާއި ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމުގައެވެ. އަދި އުތުރުގެ އާބަން ސެންޓަރަކަށް ކުޅުދުއްފުށި ހައްދަވާނެކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެވަޑައިގެންނެވިއިރު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު އުޅުއްވަނީ ދ އަތޮޅުގައި ކެމްޕޭން ކުރެއްވުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް