ބ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭ 11:30 ހާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިދާ ގުގުރާނެކަމުގައެވެ. އަދި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިޔަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އެއިދާއިރާއިން ބުނެފައިވަނީ ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމުގައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް