ނިހާނުގެ މަލާމާތުގެ ބަސްތަކެއް އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެމްޑީޕީއަށް ވަރަށް މަލާމާތް ކުރައްވައިފި އެވެ. ނިހާން އެމްޑީޕީއަށް މަލާމާތް ކުރ...

14 Aug 2018 | 06:51

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެމްޑީޕީއަށް ވަރަށް މަލާމާތް ކުރައްވައިފި އެވެ.

ނިހާން އެމްޑީޕީއަށް މަލާމާތް ކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ނިހާން ވިދާޅުވެފައިވަނީ އެއްކަލަ މަޝްހޫރު އޮގަސްޓް 12، 13ވެސް ގޮސްފި ކަމަށާއި އެމްޑީޕީއަކުން އެދުވަހުގެ ހަނދާނުގެ ބަހެއްވެސް ބުނެނުލާ ކަމަށެވެ.

"މުނާފިގުވިޔަސް ތިވަރު ތަންކޮޅެއް ބޮޑު" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ahmed_nihan/status/1029256793564696576

ނިހާން އިތުރަށް ކުރައްވާފައިވަނީ ސުވާލެކެވެ. އޮގަސްޓް 12، 13 ގައި ޖަލަށް ދިޔަ އެންމެން ތިޔައީ ޒައީމޭ ކިޔައިގެން ލަވަ ޖަހަނީތޯ ނިހާން ސުވާލުކުރައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް