ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމުގައި ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން މިހެން ބުނެފައިވަނީ މިއަދު އާންމުކުރި މޫސުމާއިބެހޭ ހަބަރެއްގައި އެވެ. އެ ހަ...

14 Aug 2018 | 06:40

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމުގައި ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން މިހެން ބުނެފައިވަނީ މިއަދު އާންމުކުރި މޫސުމާއިބެހޭ ހަބަރެއްގައި އެވެ. އެ ހަބަރުގައި ބުނެފައިވަނީ ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާއ ހަމައަށް އެންމެ ގިނައިން ވާރޭވެވެފައިވަނީ މ.މުއްޔަށް 65 މިލިމީޓަރުގެ ވާރޭ ކަމަށެވެ.

"ކުރިއަށްއޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މިވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ." މެޓް އޮފީހުން ބުނެފައި ވެ އެވެ.

އެ އޮފީހުން ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި އަދި ދިޔަވަރު ބޮޑުވާވަގުތުގައި، ރާއްޖޭގެ ދެކުނުގެރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ.

ވީމާ އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް