އިންތިހާބު ލަސްކުރިޔަސް ނެތް ތާއީދެއް ނުލިބޭނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި އަމީތު ވިދާޅުވެފައިވަނީ އިންތިހާބު ލަސް ކުރިޔަސް ނެތް ތާއީދެއް ނުލިބޭނެ ކަމަށާއި ލަސް ކުރެވޭނެ ގާނޫނީ ހަމައެއްވެސް ނުދެއްކޭނެ ކަމަށެވެ.
"މުޅި ދުނިޔެ އޮތީ ފާރަލާ ބަލަން، ވޯޓުން ބަލިވެ މި ވެރިކަން ނިމޭނެ އިންޝާﷲ" އަމީތުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/MohamedAmeeth/status/1029103021374943237
އަމީތު މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އުޅުއްވަނީ އިންތިހާބު ލަސްކުރަން ކަމުގައި ސިފަވާގޮތަށް އިދިކޮޅު ޕޯޑިއަމްތަކުގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް