ރައީސް ފުލް މުސާރަ ނަންގަވަން ފެއްޓެވީ ދެ ދަރިކަލުން ދިރިއުޅުއްވަނީ ކުލި ދީގެން ކަމުގައިވާތީ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި މުއާޒް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހިލާލީގެއަށް ބަދަލުވެވަޑައިގަތުމާއި ހަމަޔަށް އެމަނިކުފާނު ނަންގަވަނީ މުސާރައިގެ 50% ކަމަށެވެ.
"2016 ވަނަ އަހަރު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތުމާއި ގުޅިގެން، 18 އަހަރުން މަތީގެ ދެ ދަރިކަލުން ދިރިއުޅުއްވަން ޖެހިވަޑައިގެންފައިވަނީ ކުލި ދީގެން ކަމުގައިވާތީ އެ ހަރަދު އަމިއްލަފުޅަށް ހަމަޖެއްސުމުގެ ގޮތުން މުސާރަ ނަންގަވަންފެއްޓެވީ" ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވެފައިވަނީ މިކަން ހާމަކުރީ އޮޅުންއަރާގޮތަށް ސިޔާސީ ބައެއް ބޭފުޅުން ވާހަކަ ދައްކަމުން ގެންދަވާތީ އެވެ. އަދި އެކަމާ ހިތާމަކުރައްވާކަމުގައިވެސް ތަރުޖަމާނު ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް