ސައުދީ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ލުބުނާނުގެ 33 މީހަކަށް

ލުބުނާނުގެ 33 މީހަކަށް ސައުދީއަރަބިއްޔާގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދިފި އެވެ. ސައުދީން ހާމަކޮށްފައިވާގޮތުގައި ފުރުސަތު ދީފައިވާ 33 މީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގާ މަރުވެފައިވާ ލުބުނާނ...

14 Aug 2018 | 00:50

ލުބުނާނުގެ 33 މީހަކަށް ސައުދީއަރަބިއްޔާގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދިފި އެވެ.

ސައުދީން ހާމަކޮށްފައިވާގޮތުގައި ފުރުސަތު ދީފައިވާ 33 މީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގާ މަރުވެފައިވާ ލުބުނާނު ސިފައިންގެ މައިންނަށާއި އެމީހުންގެ ހުވަފަތް އަނބިންނަށެވެ. އަދި ބަލި މީހުންނަށާއި ޔަތީމުންނަށެވެ. 33 މީހުންގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ސައުދީއަރަބިއްޔާއިން ކަމަށާއި ލުބުނާނުގެ ބެއިރޫތުގައިހުރި ސައުދީ އެމްބަސީން ހުރިހާ އިންތިޒާމެއް ހަމަޖައްސާނެކަމަށް ބުނެފައިވެއެވެ.

ސައުދީއަރަބިއްޔާއިން އަންނަނީ ކޮންމެ އަހަރެއްގައިވެސް ސައުދީ ހަރަދުގައި ވަކި އަދަދަކަށް ހައްޖަށް މީހުން ގެންދަމުންނެވެ. އެގޮތަށް ގެންދިއުމުގައި މުސްލިމު އެކި ގައުމުތަކަށް ފުރުސަތުދެމުންދެއެވެ. ޔަތީމުންނާއި ހަނގުރާމަތަކުގައި މަރުވާ މީހުންގެ މައިންނާއި އެމީހުންގެ ހުވަފަތް އަނބިންނަށް އިސްކަންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް