ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ފަތިހު 04:15ގައި ވައިޓް އެލާޓް ނެރެފައިވަނީ ހއ އާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
https://twitter.com/MetMaldives/status/1029145154886590465
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު ފަތިހު 05:00 އާއި ހެނދުނު 11:00 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އާއި ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް