މައިގްރޭން ހުންނަ މީހުން މައިގްރޭން އެޓޭކްތަކުން ދުރުކޮށްދޭ ބޭހެއް ޓެސްޓު ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ސިއްހަތާއިބެހޭ އޮފިޝަލުން ދީފި އެވެ.
ދަ ގާޑިއަންގައި ރިޕޯޓްކޮށްފައިވާގޮތުގައި "އެރެނުމާބް" ނަމަކަށްކިޔާ މި ބޭސް އިނގިރޭސިވިލާތުގައި އަދި ސްކޮޓްލޭންޑްގައި ޓެސްޓު ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މި ބޭހަކީ "ނޯވާޓިސް" ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި ބޭހެކެވެ. މި ބޭސް އުފެއްދި ކުންފުނިން ބުނެފައިވާގޮތުގައި ޓެސްޓު ކުރުމުގެ މަރުހަލާ އިނގިރޭސިވިލާތާއި ސްކޮޓްލެންޑްގައި ކުރިއަށްދާއިރު ބޭނުން ފަރާތްތަކުން މި ބޭސް އޯޑަރު ކުރުމުގެ ފުރުސަތު ވަނީ އެ ކުންފުނިން ހުޅުވާލާފައި އެވެ. އެ ކުންފުނިން ބުނާގޮތުގައި މަހަކު މަދުވެގެން ހަތަރު ފަހަރު މައިގްރޭން އެޓޭކާއި ކުރިމަތިލާންޖެހޭނަމަ މި ބޭހަކީ އެންމެ އެކަށޭނެ ބޭހެކެވެ.
ދާދި ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި މައިގްރޭން ޖެހޭ މީހުންގެ އަސަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އިނގިރޭސިވިލާތުގައި އެކަނި، މި ބަލި ޖެހިފައިވާ ހަތަރު ލައްކައަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް