ގަޑި ޖެހޭ ނަމަ މެމްބަރުންގެ މުސާރަ ކަނޑަން ރައިސް ނަޝީދު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކަށް ގަޑި ޖެހޭނަމަ ،މުސާރައިން ކެނޑޭގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ. މަޖިލީހުގެ ޖަލްސާ ފައ...

14 Jul 2020 | 06:05

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކަށް ގަޑި ޖެހޭނަމަ ،މުސާރައިން ކެނޑޭގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މިއަދު ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ބަލަން ޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ މެމްބަރުން ޖަލްސާއަށް ހާޒިރުވާ ގަޑި ބެލުމަށް ސޮއި ކުރާ ފޮތުގައި ކޮލަމެއް އިތުރުކޮށް ހާޒިރުވާ ގަޑި ޖަހަން ޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސަައްކަތްތައް ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮތް ކަަމަށެވެ. އެ ވަރަށް ހާޒިރުވެވަޑައިގެން މަސައްކަތް ކުރައްވަން މެމްބަރުން ތިއްބެވީ ހުވާކުރައްވައިގެން ކަަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 82،000 ރުފިޔާ ލިބިވަޑައިގަންނަވަ އެެވެ. ކޯވިޑް-19 އާއި ގުޅިގެން މުސާރަ ކުޑަކުރުމުން ކޮމިޓީ އެލަވަންސާ އެކުގައި ވެސް މެމްބަރަކަށް 69،750 ރުފިޔާ ލިބެ އެވެ.

އެކަމަކު މެމްބަރަކު ޖަލްސާއަށް ހާޒިރު ނުވިޔަސް ނުވަތަ ކިތަންމެ ގިނަ ދުވަހު ސަލާމުގައި ހުންނެވިޔަސް މުސާރައަކުން ނުކެނޑޭނެ އެވެ. މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ދައުރަކު ފަސް ޖަލްސާއަށް ވަޑައިގެންނަވާ މެމްބަރުންވެސް ތިއްބަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް