ޤައުމީ ބޭންކަށް އައު ސީއީއޯ އެއް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފިއެވެ. ބޭންކުން މައުލޫމާތުދެއްވާގޮތުގައި ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ...

14 Jul 2019 | 16:53

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފިއެވެ.

ބޭންކުން މައުލޫމާތުދެއްވާގޮތުގައި ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި  އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. ޓިމް ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.

"އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެރެއްވީ ސްޓާރޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގައެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ޓިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަބަތު ދެއްވާ ކޮމާންޑަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދި ބްރިޓިޝް އެންޕަޔަރ (ސީބީއީ) އެވޯޑް  ލިބިލައްވާފައެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވާގޮތުގައި ޓިމް ވަނީ ކަހޫޓް، ކެންޓް ރިލަޔަންސް ފަދަ ކުރިއަރާފައިވާ އެކިއެކި މާލީ އިދާރާތަކުގެ އެންމެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއަރ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއްކަމަށްވާ ފޯކްޓުފޯކް ގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް