ޗަރިތު ދެސާއި އަކީ ލޯބިވެރިޔާތޯ އެހުމުން ޕަރިނީތީ ދިން ޖަވާބު ވަރަށް ތަފާތު

ބޮލީވުޑް ދާއިރާގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބަތޮލާ ޕަރިނީތީ ޗޯޕްރާ އާއި ޗަރިތު ދޭސާއި އާއި ދެމެދު އޮންނަ ގުޅުމުގެ ވާހަކައެވެ. ޗަރިތު އާއި ޕަރިނީތީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކ...

14 Jul 2019 | 13:51

ބޮލީވުޑް ދާއިރާގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބަތޮލާ ޕަރިނީތީ ޗޯޕްރާ އާއި ޗަރިތު ދޭސާއި އާއި ދެމެދު އޮންނަ ގުޅުމުގެ ވާހަކައެވެ.

ޗަރިތު އާއި ޕަރިނީތީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމުގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު، އެ ވާހަކަތަކަށް ޕަރިނީތީ މިވަނީ ރައްދު ދީފައެވެ. ޕަރިނީތީ ދިނީ ވަރަށްވެސް ތަފާތު ޖަވާބެކެވެ.

ޕަރިނީތީ އާއި ޗަރިތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތޯ ނޫސްވެރިއަކު ޕަރިނީތީ ކުރެން އެހުމުން އޭނާ ބުނެފައިވަނީ އެކަން ތެދު ކުރަންވެސް އަދި ދޮގު ކުރަންވެސް ބޭނުން ނުވާކަމަށެވެ. އެއީ އަމިއްލަ ޒާތީ ކަމެއް ކަމަށެވެ. އެކަން ކޮންމެހެން ނޫސްވެރިންނަށް އެނގެން ނުޖެހޭނެ ކަމަށެވެ.

ކޮންމެއަކަސް އެތައް ދުވަހެއް ވެފައިވާ މި ސުވާލަށްވެސް ޕަރިނީތީ ދިން ޖަވާބުން އެއްވެސް އެއްޗެއް ސާފުވާގޮތް މިވަނީ ނުވެފައެވެ.

ފިލްމީ ދާއިރާގައި ޕަރިނީތީ މިހާރު ކުރަމުން އަންނަނީ ފިލްމު "ޖަބަރިޔާ ޖޯޑީ" އާއި "ގާލް އޮން ދަ ޓްރެއިން" ގެ މަސައްކަތެވެ. ޕަރީނީތީ އަކީ ބޮލީވުޑް ބަތޮލާ ޕްރިޔަންކާ ޗޯޕްރާގެ ދެބެން ދެދަރި ކޮއްކޮ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް