މަގުމަތިން ފޮށުނު މީހާގެ މައްސަލަ ކޯޓަށް

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށިހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ޕީޖީ އޮފީހުގެ އޮފ...

14 Jul 2019 | 13:19

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށިހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ދައުވާކުރަނީ ގ.އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލް 56، ގެ މައްޗަށް ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޣަނީގެ މައްޗަށް އުފުލި ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އާއި، ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް