މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "ޖަވާނި ޖާނެމަން" ގައި ސައިފް އަލީ ޚާންގެ ލޯބިވެރިޔާގެ ރޯލު ކުޅޭނީ ސައިފްގެ އަނބި، ކަރީނާ ކަޕޫރް އަލީ ޚާން ނޫން ކަމުގައި އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ.
އެ ޓީމުން މިކަން ހާމަކޮށްފައިވަނީ އެ ރޯލުން ފެނިގެންދަނީ ކަރީނާ ކަމަށް ބުނެ އެ ވާހަކައިގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މި ފިލްމުގެ ޝޫޓިންއަށް ސައިފް ލަންޑަނަށް ގޮސްފައިވާއިރު ސައިފާއެކު ކަރީނާ އާއި އެ ދެމަފިރިންގެ ދަރި ތައިމޫރުވެސް ގެންގޮސްފައިވެއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައިވާގޮތުގައި މި ފިލްމުގައި ސައިފްގެ ލޯބިވެރިޔާ ރޯލު ކުޅޭނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނިކުންނަ އަލައިލާ އެވެ. އަލައިލާ އަކީ ބޮލީވުޑް ފިލްމީ ދާއިރާގެ ކުރީގެ ބަތޮލާ ޕޫޖާ ބޭޑީގެ ދަރިއެވެ.
މި ފިލްމަކީ ނިތިން ކައްކަކު ޑައިރެކްޓްކޮށް ބްލެކް ނައިޓް ފިލްމްސް އާއި ނޮދާން ލައިޓްސް ފިލްމްސް އާއި ޕޫޖާ އެންޓަޓެއިންމެންޓް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ސައިފާއި އަލައިލާގެ އިތުރުން ތާބޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް