ޒައިތުން މާ އިން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ހުކުމް ކޮށްފި

ކ.އަތޮޅު ފިހާރަ އިރުމަތީބައި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޒައިތުން މާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ...

14 Jul 2019 | 11:21

ކ.އަތޮޅު ފިހާރަ އިރުމަތީބައި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޒައިތުން މާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފައިވާކަމަށް މީރާއިން މިއަދު މަޢުލޫމާތު ދީފިއެވެ.

ޒައިތުން މާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެ ފަރާތުގެ ޣައިރު ހާޟިރުގައި ހުކުމް ކޮށްފައިވަނީ، ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 819,200.79ރ (އަށް ލައްކަ ނަވާރަ ހާސް ދުއިސައްތަ ރުފިޔާ ހަތްދިހަ ނުވަ ލާރި) 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް