މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ޝިދާތާ ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ޖެންޑާރ އެން ސޮޝަލް ސާރވިސް ޝިދާތާ ޝަރީފާއި ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ. މިނިސްޓަރ ޝިދާތާ އާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނ...

14 Jul 2019 | 11:13

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރ އޮފް ޖެންޑާރ އެން ސޮޝަލް ސާރވިސް ޝިދާތާ ޝަރީފާއި ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.

މިނިސްޓަރ ޝިދާތާ އާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެެވެ. އެ ސުވާލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލާގައި ކުރާ ސުވާލެކެވެ.

އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް ހޯދާފައިވަނީ ޖުލައި އެއްވަނަ ދުވަހު މާލޭގެ ގެއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް