ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ޖެހުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން އަލުން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި އަލުން އެ ދަފުތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ވަަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. އެ ގޮތުން އެޕްރީލް މަހުގެ 28ގެ ނިޔަލަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެކި ސަބަުތަކާ ހެދި ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ޗަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އަދި އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ އިތުރުން ކުރިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް މިނިސްޓީން އިއުލާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 15 ޖުލައި އިން 17 ޖުލައި އަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހެޅުމަށް 15 ޖުލައި އިން އެކެއް އޮގަސްޓުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
އެގޮތުން މާލޭގައި ނަމަ ދަފްތަރުގައި ރަޖިސްޓްރީ ވުމަށާއި ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އަށް ކަމަށާއި އަތޮޅުތެރެއިން ނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް