ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރ އަހުމަދު އަދީބު މިނިވަންވެއްޖެއެވެ. ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމްއެއް ތަންފިޒު ކުރަމުން ދިޔަ އަދީބް މިނިވަންވެފައިވަނީ ކޮން ދުވަހަކު ކަ...

14 Jul 2019 | 09:28

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރ އަހުމަދު އަދީބު މިނިވަންވެއްޖެއެވެ.

ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމްއެއް ތަންފިޒު ކުރަމުން ދިޔަ އަދީބް މިނިވަންވެފައިވަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ކަރެކްޝަނަލް ސާރވިސްއިން ހާމަކުރާ ގޮތުގައި އަދީބު މިހާރު ހުންނެވވީ އެބޭފުޅުންގެ ބެލުމުގެ ދަށުގައެއް ނުނެވެ.

އަދީބު ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ހުކުމް ތަންފީޒް ކުރަން ފަށާފައިވަނީ މިދިޔ ަމެއި މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާ ވަޑައިގަތުމުން ހުކުމް ތަންފީޒް ކުރުން މެދު ކަޑާލުމަށްފަހު އެ ދަތުރު ނިންމާލުމަށްފަހު މާލެ ވަޑައިގެންވަނީ ހުކުމްގެ ބާކީ ބައި ތަންފީޒުކޮށް ނިންމާފައެވެ.

އަދީބް މިނިވަން ވިނަމަވެސް ރާއްޖެއިން ބޭރަށް ވަޑައެއް ނުގެނެވޭނެއެވެ. ސަބަބަކީ އަބީދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމްކޯޓްއިން އަމުރުކޮށްފައި ވާތީއެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މީގެކުރިން ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލައިފަ އެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާރު އެއްވެސް ދައުވާއެއް ނެތެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދީބްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެ މައްސލަައާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް