ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް އަތުލައިގެންފި

ވަގަށް ނަގާފައިވާ ބައެއް ތަކެތި ވިއްކަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުގައި ...

14 Jul 2019 | 09:20

ވަގަށް ނަގާފައިވާ ބައެއް ތަކެތި ވިއްކަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ލޯކަލް މާރުކޭޓް ކައިރީގައި އޮތް ބޯޓަކަށް، ދެމީހަކު ފޯނުތަކެއް ވިއްކަން އުޅޭކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމުންނެވެ.

އެ ދެމީހުން ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 4 ފޯނާއި ސްމާޓް ގަޑިއަކާއި ހެޑްސެޓަކާއި ޕެންޑްރައިވަކާއި ޗާޖިން ޕޯޓަކާއި އަދި ދެ ތަޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް