އިންޑިއާގެ މަޝްހޫރު ގޯ ބްރޭންޑްގެ ޗީޒް އާއި ކިރުގެ ބާވަތްތައް ޕިރަމިޑުން ރާއްޖެއަށް

ޕިރަމިޑް ކުންފުންޏަކީ ދިވެހި މާކެޓަށް، ހާއްސަކޮށް ދިވެހި ބަދިގެތަކަށް ހާއްސަ ކޮލިޓީ އުފެއްދުންތައް އެތެރެ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން މި ވަނީ އައު އުފެއްދުންތަކެއް އަނެއްކާވެސް ބާޒާރ...

14 Jul 2019 | 09:04

ޕިރަމިޑް ކުންފުންޏަކީ ދިވެހި މާކެޓަށް، ހާއްސަކޮށް ދިވެހި ބަދިގެތަކަށް ހާއްސަ ކޮލިޓީ އުފެއްދުންތައް އެތެރެ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން މި ވަނީ އައު އުފެއްދުންތަކެއް އަނެއްކާވެސް ބާޒާރަށް ނެރެފައެވެ. އެއީ އިންޑިއާގެ މަޝްހޫރު ގޯ ބްރޭންޑްގެ ޗީޒް އާއި ކިރުގެ ބާވަތްތަކެވެ.

ގޯ މި ބްރޭންޑަކީ އާދައިގެ ބްރޭންޑެއް ނޫނެވެ. އިންޑިއާގެ އައިމާކް ރިސާޗް ކުންފުނިން ރިޕޯޓްކޮށްފައިވާގޮތުގައި މުޅި އިންޑިއާގައިވެސް ހުރި އެންމެ ބޮޑު، ޗީޒް އުފައްދާ ކުންފުންޏަކީ ގޯ ކުންފުންޏެވެ. ދުވާލެއްގެ މައްޗަށް 40 މެޓްރިކް ޓަނުގެ ޗީޒް އެ ކުންފުނިން އުފައްދައެވެ. އަދި މުޅި އިންޑިއާގައި ހޮޓެލްސް، ރެސްޓޯރެންޓްސް އަދި ޕިއްޒާ ޗެއިންތަކަށް ޗީޒް ފޯރުކޮށްދޭ އެންމެ ބިޔަ ކުންފުންޏަކީވެސް ގޯ ބްރޭންޑެވެ.

ގޯ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ޕިރަމިޑުން މިވަނީ ރާއްޖެއަށް ތައާރަފް ކޮށްފައެވެ. އެކި އުމުރުފުރާތަކަށް ކަމުދާނެ ތަފާތު ރޭންޖްތައް ހިމެނެއެވެ.

މީގެ ތެރޭގައި ތިން ފްލޭވާއެއްގެ ޗީޒް ސްޕްރެޑް، ޓްރައިއޭންގަލް ޗީޒް ޕީސަސް، ސްލައިސަސް، ތިން ފްލޭވާއެއްގެ ޕިއްޒާ ޓޮޕިންގްސް، ބާދާމް މިލްކް އަދި ލައްސީ ހިމެނެއެވެ.

ސްޕްރެޑް ޗީޒަކީ ސޭންޑްވިޗް ނުވަތަ ރޮށީގައި ވަގުތުން ހާކާލެވޭނެ އަނގަޔަށް މީރު އުފެއްދުމެކެވެ. 100% ގެރީގެ ކިރު ބޭނުންކޮށްގެން، އެޑިޓިވްސް އަކާއި ނުލާ އުފައްދާފައިވާ ގޯ ބްރޭންޑްގެ ކޮންމެ ޗީޒަކީވެސް ހޯލް ބްރޭންޑްގެ ޗީޒެކެވެ. ސްޕްރެޑްގެ ފްލޭވާ ތަކުގެ ތެރޭގައި ފުލް ޕެޕަރްސް، ގާލިކް އަދި ހޮޓް ޕެޕްރިކާގެ އިތުރުން އޮލިވް އެންޑް ހާބްސް ފްލޭވާ ހިމެނެއެވެ.

"މިއީ ހޯލް ބްރޭންޑްގެ ޗީޒެއް މި ހުންނަނީ އެހެން ބާވަތަކާ މިކްސް ނުކޮށް، ޓެކްސްޗާ ވަރަށް ތަފާތު ވާނެ، ކުލަ އެކަންޏެއް ނޫން ސޮފްޓްވެފަ، ޕިއުރ ކައު މިލްކުން ހަދާފަ މި ހުންނަނީ، ޕްރޮޑަކްޓްގައި އެހެން ލިޔެފައިވެސް ހުންނާނެ" ޕިރަމިޑްގެ މާކެޓިން މެނޭޖަރ ސޮބާހް ވިދާޅުވިއެވެ.

ޓްރައިއޭންގަލް ޗީޒް ޕީސަސް އަކީ ހެނދުނުގެ ނާސްތާގައި ފަސޭހަ ކަމާއެކު ބޭނުން ކުރެވިދާނެ ޗީޒެކެވެ. ހުސްކޮށް ކާލަންވެސް އަނގަޔަށް މީރު އުފެއްދުމަކަށް މި އުފެއްދުން ވާނެކަމުގައި ޕިރަމިޑުން ބުނެއެވެ.

ޗީޒް ސްލައިސަސް އަށް ބަލާލާއިރު ދެ ސައިޒެއް ޕިރަމިޑުން ލިބެން އެބަ ހުއްޓެވެ. ސޭންޑްވިޗަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ރޭންޖެކެވެ.

ޕިއްޒާ ޓޮޕިންގްސްގެވެސް ތިން ފްލޭވާއެއް ހިމެނެއެވެ. އެއީ އިޓާލިއަން ޕާސްތާ، މެކްސިކަން ސްޓައިލް އަދި ޕިއްޒާ އިޓާލިއާނޯ އެވެ. ޝްރެޑްކޮށް ބަންދުކޮށްފައިވާ މިއުފެއްދުން، ޕިއްޒާގައި ފަސޭހަކަމާއެކު ބޭނުންކޮށްލެވިދާނެއެވެ.

ބާދާމް މިލްކާއި ލައްސީއަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭނެ ބުއިމުގެ ދެ ބާވަތެކެވެ. ލައްސީ އަކީ ހަންގަނޑު އޮމާންކޮށްދީ، ހަޖަމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބުއިމެކެވެ. ބާދާމް މިލްކަކީ ނިއުޓްރިޝަނުން ފުރިގެންވާ، ކެލަރީ މަދު، ކަށިތައް ވަރުގަދަކޮށްދޭ ހިތުގެ ބަލިތަކުން ދުރުކޮށްދޭ މީރު ބުއިމެކެވެ. މި މިލްކުގައި ބާދާމްގެ ގޮތުގައި އަލްމަންޑް ހިމެނޭއިރު އަލްމަންޑަކީ ވިޓަމިން ޑީ އިން މުއްސަނދި ބަދަނެކެވެ.

ގޯ ބްރޭންޑްގެ އުފެއްދުންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކަމުން އަންނަ ބްރޭންޑެކެވެ. އެމެރިކާ އޮސްޓްރޭލިއާ، ޖަޕާނު، ކޮރެއާ، ފިލިޕިންސް އަދި މެލޭޝިޔާ ހިމެނޭހެން ޖުމްލަ 37 ގައުމެއްގައި ގޯ ބްރޭންޑްގެ އުފެއްދުންތައް ވިއްކަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް