މި އަހަރުގެ އޭޕްރިލް މަހު ގެއްލިގެން ރިޕޯޓް ކުރި ސައިކަލެއް މާލޭގެ ނޯތު ހާބަރުގެ މޫދު އަޑިން ފެނިއްޖެއެވެ.
މި ސައިކަލު ފެނުނީ ނޯތު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފޭބި މީހަކަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭގެ 08:00 ހާއިރު މި ސައިކަލު ފެނުނުކަން ފުލުހުންނަށް އަންގާފައިވެއެވެ. މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް