މިއީ އިންޑިއާގެ، އުމުރުން 32 އަހަރުގެ މަނީޝާ ބަހޫގުނާ ހިކެން ކުރި މަސައްކަތުގެ ވާހަކައެވެ. ހިކެން މަސައްކަތް ފެށި އިރު އޭނާގެ ބަރުދަނަކީ 82 ކިލޯ އެވެ. މިހާރު ބަރުދަނަކީ 58 ކިލޯއެވެ. މި ކާމިޔާބީ އޭނާ ހާސިލުކުރީ އެންމެ ހަ މަސް ދުވަހުންނެވެ.
އޭނާ ބުނެފައިވާގޮތުގައި ހިކެން އަޒުމު ކަނޑައެޅީ ލޯގަނޑަކުން އޭނާ ފެނި، އަމިއްލަ ނަފްސާމެދު ކަންބޮޑުވެ އިންތިހާއަށް ދެރަވި ދުވަހުން ފެށިގެން ކަމަށެވެ. އެދުވަހު އެތައް އިރަކު ލޯގަނޑުން ބަލަން ހުރެވުނު ކަމަށް އޭނާ ބުންޏެވެ.
އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން އަންނަ މަނީޝާ ހިކެން ނިންމާ، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައެވެ.
މަނީޝާ އޭނާގެ ކެއުން ބައްޓަން ކުރި ގޮތް:
ހެނދުނުގެ ނާސްތާ
ކިރު ތައްޓެއް (ސްކިމް މިލްކް)
ދެ ބިސް (ހަމަ އެކަނި ހުދު ބައި)
ކޮންމެވެސް ބާވަތެއްގެ ތާޒާ މޭވާއެއް
މެންދުރުގެ ކެއުން
މުގު އަދި ރޮށި އަދި ބަޓަރ މިލްކް
ރޭގަނޑުގެ ކެއުން
މުގު، ދެ ރޮށި އަދި ތަރުކާރީ
- އެންމެ ލަސްވެގެން ރޭގަނޑު 07:30 ގެ ކުރިން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އާދަކުރާކަމަށް މަނީޝާ ބުނެފައިވޭ
ކަސްރަތުގެ ކުރިން އަދި ކަސްރަތުގެ ފަހުން
މަނީޝާ ބުނެފައިވާގޮތުގައި އޭނާ ކަސްރަތު ކުރަން ފެށުމުގެ ކުރިން ފެނުކެއްކި ފެންތައްޓަކާއި ލުނބޯ ޖޫސްތައްޓެއް ބުއިމަށް ސަމާލުކަން ދެއެވެ.
އަދި ކަސްރަތު ކޮށް ނިމުމުން ފެނުކެއްކި ހަތަރު ބިހާއި ޑަބަލް ޓޯންޑް ކިރު ތައްޓެއް ބުއިމަށްވެސް ސަމާލުކަން ދޭކަމަށް ބުނެފައިވެއެވެ.
ހިކެން ކުރި މަސައްކަތުގައި މަނީޝާ ދެ އިރަށް ކަސްރަތު ކުރެއެވެ. އެއީ ހެނދުނާއި ހަވީރުގައެވެ. ހެނދުނު އޭނާ ދަނީ ދުވާށެވެ. އަދި އެއަށްފަހު ޕަވަރ ޔޯގާ ކުރެއެވެ. ހަވީރު ކުރަނީ ގޭގައި ކުރެވޭ އެކި ވައްތަރުގެ ކަސްރަތުތައް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މަނީޝާ އިތުރަށް ބުނެފައިވާގޮތުގައި މިހާރު އޭނާ ހީވަނީ މޮޑެލް ކުރާ މީހެއް ހެން ކަމުގައި ބައެއް ރައްޓެހިން މިހާރު ބުނެއެވެ. އަދި އޭނާ އަކީ ދެ ދަރިންގެ މަންމަ ކަމަށް މިހާރު، މީހުން ގަބޫލު ނުކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް