އެމެރިކާއިން އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، އެމެރިކާގެ ވާގިވެރި، އެންމެ ގާތް ގައުމު ކަމަށްވާ އިޒްރޭލު ނައްތާލާނެ ކަމުގެ އިންޒާރު ހިޒްބުﷲ ޖަމާއަތުން ދީފިއެވެ.
ނިއުކްލިއަރ ޕްރޮގްރާމް ނުހުއްޓައިފިނަމަ، އިރާނާއި ދެކޮޅަށް ފިޔަވަޅު އަޅައި، ހަނގުރާމައަކަށް ދާންޖެހިފދާނެ ފަދަ މޭރުމަކުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަ ދައްކަމުން އަންނައިރު، ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އިއްޔެ ބުނެފައިވަނީ އެމެރިކާއިން އެފަދަ ކަމެއް ކޮށްފިނަމަ އެންމެ ބޮޑު ގެއްލުމެއް ވާނީ އިޒްރޭލަށް ކަމަށެވެ.
ހިޒްބުﷲގެ އަމިއްލަ ޓީވީ ޗެނަލް އަލް މަނާރަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އިޒްރޭލަށް ކެތް ނުވާވަރަށް ބޮން އެޅުމުގެ ގާބިލުކަން އީރާނަށް ލިބިގެންވާކަން ހުދު އިޒްރޭލުވެސް ދަންނާނެ ކަމަށެވެ. އެހެންކަމުން އެމެރިކާއިން ގޯހެއް ނުހެދުމަށް އޭނާ އިލްތިމާސް ކޮށްފައިވެއެވެ.
އެމެރިކާއިން ގިންތިކޮށްފައިވަނީ ހިޒްބުﷲ އަކީ އަދިވެސް ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައެވެ. 1990 އިން ފެށިގެން އެމެރިކާއިން މިހެން ގިންތި ކުރި ނަމަވެސް ހިޒްބުﷲ އިން ވަނީ އީރާނުގެ ސިޔާސީ މައިދާނަށް ނިކުމެ ނިމިދިޔަ އާންމު އިންތިހާބުގައި 13 ގޮނޑި ކާމިޔާބުކޮށް ސިޔާސީ ބައެއްގެ ގޮތުގައިވެސް މަސައްކަތް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް