ރިޔާސީ އިންތިހާބުން ރައްޔިތުން ބޭނުންވަނީ ހަޤީޤީ ބަދަލެއް: ޝުޖާޢު

ރިޔާސީ އިންތިހާބުން ރައްޔިތުން ބޭނުންވަނީ ހަޤީޤީ ބަދަލެއް ކަމަށާއި އެބަދަލު ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ އެލް.ޖީ.އޭގެ ކުރީ...

14 Jul 2018 | 09:42

ރިޔާސީ އިންތިހާބުން ރައްޔިތުން ބޭނުންވަނީ ހަޤީޤީ ބަދަލެއް ކަމަށާއި އެބަދަލު ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ އެލް.ޖީ.އޭގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިން ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ އޭނާ މިއަދުކުރެއްވި ޓްވީޓެއްގައި އެވެ.

މިކަމާގުޅޭގޮތުން ސުވާލުދެންނެވުމުން އޭނާ ވިދާޅުވީ ފެހި ޤާނޫންއަސާސީން ކަށަވަރުކޮށްދިން ޑިމޮކްރަސީ ހޯދުމަށް ރައްޔިތުންކުރާ މަސައްކަތް މިހާތަނަށްވެސް ކާމިޔާބުވެފައި ނުވާކަމަށާއި ހުދުމުހުތާރުކަމެއް ނިންމައި ޑިމޮކްރަސީގެ ނަމުގައި ފެނިގެން މިދަނީ ގިނަ ބާވަތްތަކުގެ ހުދުމުހުތާރު ކަންކަން ކަމަށެވެ.

"މިކަންކަމަށް ނިމުމެއް ގެންނަށް ޖެހޭ" ޝުޖާޢު ވިދާޅުވިއެވެ. ޝުޖާޢު ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި މަދުބަޔަކު ކުރިއަށް ނެރުނީ އަމިއްލަ އެދުންކަމަށާއި އެކަންކަމުން ރައްޔިތުންނަށްވީ ގެއްލުންކަމަށެވެ. ދައުލަތުގެ މުޅިނިޒާމު ގަނޑުބަޑުވެފައިވާކަމަށާއި ޤައުމުންގެ ކަންކަން އައުފެށުމަކުން ފަށަންޖެހޭކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައްތިޔުންގެ ކުރިމަތީގައި އޮތީ "ޓެސްޓުކުރެވި ފޭލްވެފައިވާ ފަރާތްތަކާއި އައު ތަޞައްވަރަކާއިއެކު ޤައުމު އިސްކޮށް ކުރިއަށްދިއުމަށް ނިންމާފައިވާ ފަރާތެއް" ޝުޖާޢު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ކުރިއެރުން އިސްކޮށް އޭނާއަށް ރައްޔިތުން ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތަކީ ސިޔާސީ ޗަރުކޭސްކުޅުއްވުމުގެ ބަދަލުގައި ރައްޔިތުންނަށް ހަޤީޤީ މިނިވަންކަން ގެނެސް ދޭންވީ ވަގުތު" ޝުޖާޢު ވިދާޅުވިއެވެ. އަދި އެމިނިވަންކަން ގެނެސްދެއްވުމަށް ސާބިތުވެހުންނެވިކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ޔާމީން ބަލިކުރައްވާ ރައްޔިތުންނަށް ކުރި ހޯއްދަވާދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް