ފާނަ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އިއްޔެ ދޯނިން ވެއްޓި ގެއްލުނު މަސްވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވަރުން ހުއްޓުމެއްނެތި ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އޭރިއާއަށް ޑައިވްކޮށްގެންނާއި ކަނޑު ސާފެސް ބެލުމުގައި ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
"ވިލަމެންދޫ ރިސޯޓްގެ ޑައިވިން ދޯނި އަދި ލިލީ ބީޗްގެ ލޯންޗެއްވެސް ކޯސްޓްގާޑް ޓީމަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
ޓާގެޓް ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެއް ކަމަށް ދޯންޏާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް