ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅި ތަކަކާއެކު މާލޭން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ...

14 Jun 2019 | 08:58

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅި ތަކަކާއެކު މާލޭން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖޫން މަހުގެ 11 ވަނަ ދުވަހުގެރޭ 23:02 ހާއިރު ބުރުޒުމަގުން ކަމުގައި ފުލުހުން ބުނެއެވެ. މިއޮޕަރޭޝަންގައި މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައިއޮތް ކޮތަޅެއްގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ ދިޔާއެއްޗެއް އަޅާފައިހުރި 10 ފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް