ހައްޖު ކޯޓާ ލިބުނު ކުންފުނިތަކުން އެއްބަސްވުުމުގައި ސޮއި ކޮއްފި

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމ...

14 May 2019 | 08:35

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކުން އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ޖަމާއަތަކަށެވެ. އެގޮތުން މި ކުންފުނިތަކުން އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.

މިއަހަރުގެ ޙައްޖަށް ގެންދިޔުމުގެ ހުއްދަދީފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑްއާއި ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް އާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑް ގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

ކޯޓާ ލިބުނު ކުންފުނިތަކުން މިއަދު އެއްބަސްވުމުގައި ސޮއި ކޮއްފައިވާއިރު އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް އަމިއްލަ ޖަމާއަތެއްކަމަށްވާ ސިސިލްފަރު ޙައްޖު ގްރޫޕުން ވަނީ ދައުވާކޮށްފައެވެ. އަދި ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް