ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ހުށަހަޅައިފި

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދީފައި ނުވުމުން އެކުންފުނިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވ...

14 May 2019 | 08:14

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދީފައި ނުވުމުން އެކުންފުނިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ޕޮއިންޓް ދީފައިވަނީ ދޭން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ. "1440 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ މައުލޫމާތު" ކަރުދާހުގައި ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ކުންފުނިތަކަށް ޕޮއިންޓު ދެވޭގޮތް ބަޔާން ކޮއްފައިވެއެވެ.

އެގޮތުން ޕޮއިންޓު ދީފައިވާ ގޮތަށް ބަލާއިރު، ތަޖުރިބާއަށް ފަސް ޕަސެންޓު ދޭނެކަމަށް ވަނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮއްފައެވެ. ނަމަވެސް ސިސިލްފަރު ހައްޖު ގްރޫޕަށް 0.722 ޕަސެންޓު ލިބިފައިވުމަކީ ބުއްދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ސިސިލްފަރުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މިދިޔަ 35 އަހަރުދުވަހު ސިސިލްފަރު ހައްޖު ގްރޫޕުން ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާއިރު، ތަޖުރިބާގެ ބައިން އެންމެ އިންސައްތައެއްވެސް ލިބިގެން ނުދިޔުމުން އޭގެން އިގިގެންދަނީ އިވެލުއޭޓް ކުރުމޭ ބުނެ ކުޅެފައިވަނީ ކުޅިވަރުކަމަށެވެ.

މި މައްސަލާގައި އިތުރަށް ބުނެފައިވަނީ މި މިނިސްޓްރީ އިން ކުންފުނިތައް ހޮވާފައިވަނީ ކުންފުނިތައް ހޮވުމަށް މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތާ ހިލާފަށް ކަމަށެވެ.

އެ ކުންފުނިން އެދިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ އިވެލުއޭޝަން އަކީ ބާތިލު އިވެލުއޭޝަނެއް ކަމަށް ކަނޑައަޅައިދިނުމަށާއި ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ފަސް ކުންފުންޏަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް