މާލީ ބަޔާންތަކުގެ މައްސަލަ ފުރިހަމަ ކުރުމަށް ޕީޖީ އިން އީސީ އަށް އަންގައިފި

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން، ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވި މައްސަލަ އިތ...

14 May 2019 | 06:53

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން، ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވި މައްސަލަ އިތުރަށް ފުރިހަމަ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައިފި އެވެ.

ޕީޖީ އިން ބުނީ، މި މައްސަލާގައި އީސީ އިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެކަން ފުރިހަމަ ކުރުމަށް އީސީ އަށް އަންގާފައިވާ ކަމަށެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ. ކަނޑައެޅިފައިވާ މުއްދަތަށް މާލީ ބަޔާން ހުށަނާޅައިފިނަމަ ހަ މަސްދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް