ބޭނުންވާ ތަކެތި:
1 ބޮނޑި ޗިޕްސް މޯ (ބޮޑު)
2 ދަޅު ނެސްލޭ ކްރީމް
1 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
ހަދާނެ ގޮތް:
ފުރަތަމަ ނެސްލޭ ކްރީމް އަދި ކޮކޯ ޕައުޑަރ ކޮޅު ބޯތައްޓަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ގެރިކިރު ދަޅު އަޅައި، ރީއްޗަށް އޮމާން ވަންދެން ގިރާށެވެ. ދެން ޓްރޭ އަކު ކުކީ ލޭޔާއެއް އެޅުމަށްފަހު އޭގެ މައްޗަށް ކްރީމް ކޮޅެއް ފަތުރާލާށެވެ. އަނެއްކާވެސް ކުކީގެ އިތުރު ލޭޔާ އެއް އެޅުމަށްފަހު މައްޗަށް ކްރީމް ކޮޅެއް އަޅާލާށެވެ. އޭގެ ފަހުން، ފްރިޖްގެ ފިނިކުރާ ބައިގައި މަދުވެގެން 3 ގަޑިއިރު ބަހައްޓާށެވެ. ރަގަޅަށް ފިނިވުމުން އެހުރީ ކުކީ ޕުޑިންގ ތައްޔާރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް