މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދެނީ ހުޅުމާލެ މަމަކް ރެސްޓޯރެންޓެވެ. މި ރެސްޓޯރެންޓް ހުންނަނީ ހުޅުމާލެ ހުވަނދުމާ ހިނގުމުގައެވެ. މި ރެސްޓޯރެންޓްގެ އިފްތަރް މެނޫގައި ވެސް ވަރަށް ހާއްސަ ބާވަތްތަކެއް އެކުލެވިގެން ވެއެވެ.
މަމަކް ރެސްޓޯރެންޓްގެ އިފްތަރް މެނޫ އަށް ބަލައިލާއިރު، ކޮންމެ ދުވަހަކުވެސް ތަފާތު އެކި ބާވަތްތައް އެންމެ 129 ރުފިޔާ އަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ 3 އަހަރުން ދަށުގެ ކުއްޖަކަށް ހިލޭ ރޯދަ ވިއްލުން ލިބޭއިރު، ކޮންމެ 10 އަހަރުން ދަށުގެ ކުއްޖަކަށް ދައްކަން ޖެހޭނީ ފައިސާގެ ދެބައި ކުޅަ އެއްބައެވެ. މީގެ އިތުރުން 15 އަހަރުގެ ގްރޫޕެއް ނަމަ މެނޫ ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މިހާ ހިސާބުން މަމަކް ގެ އިފްތަރް މެނޫތައް ހިއްސާކޮށްލާނަމެވެ.
މީގެ އިތުރުން، މި ރެސްޓޯރެންޓުން މިނިމަލިސްޓް މެނޫ އެއް ވެސް އެކުލަވާލައިފައި ވެއެވެ. މި މެނޫ އަކީ ޓޭކައަވޭ މެނޫ އެކެވެ. މި މެނޫގެ އަގަކީ 60 ރުފިޔާއެވެ.
މީގެ އިތުރުން ވަކި ވަކި ބާވަތްތަކުން ވެސް ޓޭކްއަވޭ ހެދޭނެއެވެ. އެގޮތުން ވަކި ވަކި ބާވަތްތަކުގެ ތެރެއިން ޓޭކްއަވޭ މެނޫ ގައި ހުރި ތަކެތި ހިއްސާކޮށްލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް