އިންޖެކްޝަނެއް ޖެހުމަށް ކުރީގެ ޕީޖީ މުހުތާޒު އެޑްމިޓްކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ. މުހުތާޒުގެ ގާނޫނީ ވަކީލު މީޑިއާގައި ވިދާޅުވީ އޭނާ އެޑްމިޓް ކުރީ ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް ކަމަށެވެ. އެ ...

14 May 2018 | 09:49

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މުހުތާޒުގެ ގާނޫނީ ވަކީލު މީޑިއާގައި ވިދާޅުވީ އޭނާ އެޑްމިޓް ކުރީ ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް ކަމަށެވެ. އެ އިންޖެކްޝަނަކީ މީގެ ކުރިންވެސް ދެ ފަހަރު މުހުތާޒު ގަޔަށް ޖަހާފައިވާ އިންޖެކްޝަނެކެވެ.

އޭނާގެ އާއިލާއިން ބުނީ މީގެ ކުރިން ޖެހި ދެ އިންޖެކްޝަން ކާމިޔާބުނުވީ ކަރެކްޝަންސް އިން މުހުތާޒަށް ފަރުވާ ދިނުމުގައި ފަރުވާކުޑަކުރުމުން ކަމަށެވެ. މުހުތާޒަކީ ޖަލަށް ހުކުމް ކުރުމުގެ ކުރިންވެސް މައިބަދައިގެ މައްސަލައަކަށް ފަރުވާ ކުރަމުން ދިޔަ ބޭފުޅެކެވެ.

މުހުތާޒު އެޑްމިޓް ކުރީ މިއަދު މެންދުރު އެވެ. އަދި އިންޖެކްޝަން ޖެހުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށްވެ އެވެ. އިޖެކްޝަން ޖެހުމަށް ފަހު ހޮސްޕިޓަލުގައި 10 ވަރަކަށް ދުވަހު މުހުތާޒު އޮންނަވަން ޖެހެ އެވެ.

މުހުތާޒުގެ މައްޗަށް ޖޫން 2016 ގައި، 17 އަހަރުގެ ޖަލުހުކުމެއް ކުރީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެއްދެވި މައްސަލާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް