ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ޝިފާއު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސް ކަމަށް ގދ.ފަރެސްމާތޮޑާ، ރޭއަލިވާގެ އަޙްމަދު ޝިފާއު އައްޔަން ކޮށްފި އެވެ. ރައީސް އޮފީހުން ބުނީ ޝިފާއު އެމަގާމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮ...

14 May 2018 | 09:27

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސް ކަމަށް ގދ.ފަރެސްމާތޮޑާ، ރޭއަލިވާގެ އަޙްމަދު ޝިފާއު އައްޔަން ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ޝިފާއު އެމަގާމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު މިއަދު ރައީސް އަބްދުﷲ ޔާމީން އޭނާ އާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

ޝިފާއު އެ މަގާމަށް އައްޔަން ކުރެއްވީ، ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ހުސެން ފާއިޒް ރަޝާދު މިދިޔަ މަހުގެ 26 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރު ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފަ އެވެ.

ޝިފާއު މީގެ ކުރިން މަސައްކަތް ކުރެއްވީ ކަސްޓަމްސްގެ މަތީ މަގާމެއްގައި އެވެ.

ޝިފާއުއަށް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް