ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި އެވެ.
އެ ރަށު ކައުންސިލް މެންބަރަކު ވިދާޅުވީ ތިޖޫރީގެ އިތުރުން އޮފީހުގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާތައްވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ ޖުމްލަ ވަގަށް ގެންދިޔައީ ކިހާވަރެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. ތިޖޫރީ ފަޅާލައި ފައިސާ ގެންގޮސްފައި ހުރިކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުންނެވެ.
ވަގުން އޮފީހަށް ވަދެފައިވަނީ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ނެވެ. އަދި ކުޑަ ދޮރުގައި ޖަހާފައިވާ ދަނގަޑު ތޭރިތައް ވަނީ ކީހާލާފައި ކަމަށް މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިޖޫރީގައި ދެ ލައްކަ އާއި ގާތް ކުރާ އަދަދަކަށް ފައިސާ ހުންނާނެ އެވެ. އެއީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރޯދަ އެލަވަންސް ދިނުމަށް އިއްޔެ ބޭންކުން ނެގި 122،000 ރުފިޔާ ގެ އިތުރުން ތިޖޫރީގައި ހުރި ފައިސާ އެވެ.
މި މައްސަލަ އެ ރަށު ކައުންސިލުން ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް