ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސް ރޭހުގެ ސެމީ ފައިނަލް މިމަހުގެ 25 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް މި މުބާރާތް އިންތިޒާމު ކުރާ އުރީދޫއިން ބުނެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު މި މުބާރާތް ފަށާފައިވާއިރު މިހާރު ވަނީ ސެމީ ފައިނަލް ގައި ވާދަ ކުރާ 12 ޓީމު ކަށަވަރުވެފަ އެވެ. މިފަހަރު މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓުތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.
މި ރޭހުގެ ސެމީ ފައިނަލް ފެށޭނީ އެ ދުވަހުގެ ހަވީރު 4:00 ގައި ކުޅިވަރު އެކުވެނި ސަރަހައްދުން މެރީ ބްރައުން ކުރިމަތިންނެވެ. ޓީމުތަށް މަހުން އެނބުރި އަންނާނީ އެރޭ 10:00 ގައި އެވެ.
އުރީދޫއިން ބުނީ ސެމީ ފައިނަލް ކުރިޔަށްދާ ދުވަހު ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ތަކާއި އެކު އެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިޔަށް ގެންދާނެ ކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ވާދަ ކުރާ ޓީމު ތަކަކީ:
ނަލަހިޔާ ޓްރޭޑިންގ
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
މޯލްޑިވްސް ޓޫރިޒަމް ކްލަބް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
މަލަހިނި ކުޑަ ބަނޑޮސް
ތާޖް އެކްސޮޓިކާ ރިސޯޓް އެންޑް ސްޕާ
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
މިލައިދޫ އައިލެންޑް މޯލްޑިވްސް
އަމާރީ ހަވޮއްޑާ މޯލްޑިވްސް
ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
މި މުބާރާތުގެ ފައިނަލްގައި ވާދަ ކުރާނީ މި ޓީމުތަކުގެ ތެރެއިން ހޮވޭ އަށް ޓީމެކެވެ. ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ޖޫންގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް