ވިސްނުމާއި ފިކުރު ކުރުމުން ކުދިން ދުރުވުމަށް ފެހި ތަންތަން އެހީވެދޭ!

ބޮޑުވަމުން އަންނަ ކުއްޖާ މާބޮޑަށް ކަންކަމާ ވިސްނާ، ހާސްވުމަކީ އެ ކުއްޖާގެ ހެދި ބޮޑުވުމަށާއި ކުއްޖާގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ބަދަލުތަކެއް އަންނާނެ ކަމެކެވެ. މާބޮޑަށް ކުއްޖާ ކަންކަމާ ފިކުރުކޮށް ...

14 May 2018 | 03:15

ބޮޑުވަމުން އަންނަ ކުއްޖާ މާބޮޑަށް ކަންކަމާ ވިސްނާ، ހާސްވުމަކީ އެ ކުއްޖާގެ ހެދި ބޮޑުވުމަށާއި ކުއްޖާގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ބަދަލުތަކެއް އަންނާނެ ކަމެކެވެ.

މާބޮޑަށް ކުއްޖާ ކަންކަމާ ފިކުރުކޮށް ވިސްނާނަމަ ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައި ކުޑައިރު ލޭ މައްޗަށް ދިއުން، ކަށިތައް ހިމަވުން، މައިބަދައިގެ މައްސަލަތަކުގެ އިތުރުން ފަލަވުން ހިމެނެ އެވެ.

މިކަންކަމަށް އުޅޭ މާހައުލަކީ ބޮޑުބަދަލެއް ގެނެސްދޭނެ ތަނެކެވެ.

ދާދިފަހުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ކުދިން އުޅޭ މާހައުލަކީ ފެހިކަން ގަދަ ހިތްހަމަ ޖެހޭ މާހައުލަކަށް ވާން ޖެހޭ ކަމަށެވެ. އަދި ފެހިކަން ގަދަ ތަންތަނުގައި އުޅޭ ކުދިންގެ ހަށިގަނޑުގައި ހުންނަ ވިސްނުމާއި ހިޔާލާއި، ފިކުރާއި ގުޅުން ހުންނަ ސެލްތަށް ބަންދު ބޮޑު ތަންތަނުގައި އުޅޭ ކުދިންނަށް ވުރެ ހަމަޖެހޭ ކަމަށެވެ.

އެ ދިރާސާގައި ބައިވެރިވި ކުދިންގެ ސިއްހީ އެކި މައްސަލަތައް ދިރާސާ ކުރުމަށް ފަހު ބުނެފައިވަނީ ކުދިން އުޅެ ބޮޑުވާ މާހައުލަކީ އެ ކުދިންގެ ސިއްހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަން އެނުނު ކަމަށެވެ. ބަންދު ބޮޑު މާހައުލުތަކުގައި އުޅޭ ކުދިންނަށް ސިކުނޑީގެ މައްސަލަތަކުގެ އިތުރުން ހަށިގަނޑަށް ނޭދެވޭ ބަދަލު ތައް އަންނަ ކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެހެންވެ އެ ދިރާސާގައި ވަނީ ބެލެނިވެރިންނާއި ޓީޗަރުންނަށް ދޭ ލަފާއެއްގެ ގޮތުގައި ކުދިން ބަންދު ތަންތަނުގައި ބޭތިއްބުމުގެ ބަދަލުގައި ފެހި މާހައުލުތަކުގައި ކުދިން ގެންގުޅެ ގިނަ ކުދިންނާއި ގުޅިގެން ކުޅޭވޭ ކަހަލަ ކުޅިވަރު ކުޅުވުމަށް ލަފާދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް