މާލޭ މަގުމަތީގައި މުދާ އުފުލުމާއި ބެހޭ ގަވައިދަށް ރޯދަ މަހާ ދިމާކޮށް ބައެއް ބަދަލުތައް ގެނެސްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ރޯދަ މަހު ހަވީރު 6:00 އިން ފެށިގެން ހެނދުނު 8:00 އަށް ހުރިހާ ބާވަތެއްގެ މުދާ އުފުލޭނެ ކަމަށެވެ. އަދި ހެނދުނު 10:00 އިން ފެށިގެން ހަވީރު 3:00 އަކަށް ފެނާއި ކައްކާ ގޭސް އަދި 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލޭނެ ކަމަށެވެ.
އެކަމަކު މެންދުރު ފަހު 3:00 ން ހަވީރު 6:00 އާއި ދެމެދު މާލޭ މަގުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް އުފުލުން މަނާވާނެ ކަމަށެވެ. މި ބަދަލު ތަކަށް އަމަލު ކުރާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.
މާލޭގައި މުދާ އުފުލުމާއި ބެހޭ ގަވައިދުގައި ވާގޮތުން މަގުމަތީގައި މުދާ އުފުލޭނީ ހަމައެކަނި ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް