2019 ވަނަ އަހަރުގެ ޑިސެމްބަރުގެ މަހު ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މިއަދު ދުނިޔެ މިވަނީ ހުއްޓުމަކަށް އަތުވެފައެވެ. މުޅި ދުނިޔޭގެ ލޯތައް ކޯވިޑް-19 ގެ އެންމެ ފަހުގެ އަދާހަމަތަކަށް ހުއްޓިފައިވާއިރު، މި ބަލައިލަނީ، ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން މިއަދު ލިބުނު ޚަބަރުތަކަށް ކުރުކޮށް ފޮނިކޮށެވެ.
- މި އަހަރު ދުނިޔޭގެ އިޤުތިޞާދު 3 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރެވޭކަމަށާއި، މިއީ 1930 ގެ އަހަރުތަކުގައި ދުނިޔެ ދުށް އިޤުތިޞާދީ ބޮޑު އަޑިގަނޑަށްފަހު ކުރިމަތިވާނެ އެންމެ ބޮޑު އިޤުތިޞާދީ ގޮންޖެހުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން މިއަދު ވަނީ ބުނެފައެވެ.
- ރަޝިޔާއިން މިއަދު ރެކޯޑް މިންވަރަކަށް މީހުން ކޯވިޑް-19 އަށް ފައްސިވި ކަމަށް ރިޕޯޓް ކޮށްފައިވާއިރު، އެ ގައުމުން ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 20 ހާހުން މައްޗަށް އަރާފައެވެ.
- ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2 މިލިޔަނާ ގާތަށް ޖެހިލާފައެވެ. ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ 1.93 މިލިޔަނުން މައްޗަށް ޖެހިފައެވެ. މިހާތަނަށް 120000 (އެއް ލައްކަ ވިހި ހާސް) އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާއިރު، ގާތްގަނޑަކަށް 450000 (ހަތަރު ލައްކަ ފަންސާސް ހާސް) މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
- ސްވިޑެން އިން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު އެއް ހާހުން މައްޗަށް އަރާފައިވާކަމަށް އެ ގައުމުން ވަނީ ރިޕޯޓް ކޮށްފައެވެ.
މަޢުލޫމާތު ނެގީ: އަލް-ޖަޒީރާ ނިއުސް އިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް