އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހު ކުރި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފިއެވެ. ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެ...

14 Apr 2019 | 12:10

ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހު ކުރި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފިއެވެ.

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހު ކުރި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހާމަކުރުމުގެ ގޮތުން މިއަދު އދ. ދަނގެތީގައި މިކަމަށް ހާއްސަ ހަފްލާއެއް ބޭއްވުނެވެ.

އެގޮތުން ހޮވިފައިވަނީ، ހާމިދު ރަޝީދު- ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން، ނައިފަރު ޖުވެނައިލް- ޅ. ނައިފަރު ބަނދަރު ސަރަހައްދުގައި އާންމުން ބޭނުން ކުރުމަށް ހިޔާވާނެ ތަނެއް ހެދުން، އިބްރާހިމް ފަރުޝާން- އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އދ. ދަގެތީގެ ކޮންމެ  ގެއަކަށް ތިމާވެއްޓާ ރަށްޓެހި ދަބަސް ފޯރުކޮށްދިނުން ، ޓީއެފްއެމް ސްޕޯޓްސް ކްލަބް - މ.ދިއްގަރު ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ސްކޫލްކުދިން ހިޔަލުގައި މަޑުކޮށްލެވޭނެ ސަރަހައްދެއް ގާއިމް ކުރުން އަދި ނާޝިދު އާދަމް ނަސީރު- ދ. މާއެނބޫދޫ ސްކޫލްގައި ލައިބްރަރީއެއް ހަދައިދިނުން މި ފަސް ޕްރޮޕޯސަލް އެވެ.

މި ހަފްލާގައި  އދ. ދަނގެތީގައި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ޕްރޮޕޯސަލް ހުށަހެޅި އިބްރާހިމް ފަރުޝާން އަށް ރަމްޒީ ޓޮކެން އެއް ވަނީ ހަވާލުކޮށްފައެވެ.

މުޖުތަމައަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމުގެ ގޮތުން އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަނޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފަހު ކޮޅު ހުޅުވާލެވޭނެއެވެ. އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްއަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި،ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ހިންގޭ ކަންކަމަށް ވާން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް