ގައިދީންނަށް މޯލްޑިވް ގޭހުގައި މަސަތްކަތް ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް މޯލްޑިވް ގޭހުގެ ތިލަފުށީ ސައިޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށު...

14 Apr 2019 | 10:50

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް މޯލްޑިވް ގޭހުގެ ތިލަފުށީ ސައިޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭސްގެ ބައެއް ގޭސްފުޅިތަކާއި، ސިލިންޑަރުތައް މަރާމާތުކުރުމުގެ މަސައްކަތް ގައިދީން ލައްވާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގައިދީންނަށް މަސައްކަތް ކުރަން ދަސްކޮއްދީ، މުޖުތަމައަށް ނުކުންނަ އިރު ހުނަރުވެރި ބަޔަކަށް ހެދުމުގެ ފުރުސަތު ވެސް ދޭނެއެވެ.

މީގެއިތުރުން، މޯލްޑިވް ގޭހުން މިއަދު ވަނީ ގައިދީންނަށް ހާޢްސަ ކޮމްޕިއުޓާ ލެބަށް ކޮމްޕިއުޓަރު ސިސްޓަމްވެސް ހަދިޔާ ކޮށްފައެވެ.

އަދި މި މަސައްކަތްތަކަކީ ގައިދީން ޖަލުން ނުކުންނައިރު މުޖުތަމައަށް ތައްޔާރު ކުރުމަށް ކުރާ މަސައްކަތައް ދިން ކޮންޓިބިއުޝަންއެއް ކަމަށް މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ގައިދީންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް އަދި އެމީހުންގެ ހުނަރު ދައްކުވައިދިނުމަށް ކަރެކްޝަންސް އިން ދަނީ މި ފަދަ ބައިވަރު ފުރުސަތުތަކެއް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް