އިއްޔެ މުމްބާއީ އެއާޕޯޓުގައި ޕަޕަރާޒީއަކު ތައިމޫރުގެ ފޮޓޯ އެއް ނަގަން ބުނުމުން ސައިފް ރުޅިގަދަ ވެއްޖެއެވެ.
އެމީހާ ފޮޓޯ ނަގަން އުޅުމުން ދަރިފުޅު އަނދިރި ވެދާނެއޭ ސައިފް ވަނީ ބުނެފައެވެ. އަދި ފޮޓޯ ނަގަން ބޭނުމިއްޔާ ނެގުމަށާއި ފޮޓޯއަށް ހުއްޓިގެން ނުހުރެވޭނަކަމަށް ވެސް ސައިފް ބުންޏެވެ. އަދި ތި މަސައްކަތް ހުއްޓުމަށްވެސް ސައިފް ވަނީ އެދިފައެވެ.
މީގެ ކުރިން ޝޯ އެއްގެ ތެރެއިން ސައިފް ވަނީ އޭނާގެ ދެ އަހަރުގެ ދަރިފުޅަށް މީހުން މާ ޝައުގުވެރިކަން އުފައްދަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން މީޑިއާތަކުން ތައިމޫރަށް ދޭ ސަމާލުކަމަކުން މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް އެކަން ހުއްޓާލިއްޔާ ވަރަށް ރަގަޅު ކަމަށްވެސް ސައިފް ވަނީ ބުނެފައެވެ.
ތައިމޫރުގެ ފޮޓޯ ނަގާ މައްސަލަ ސައިފް ޕޮލިހަށް ހުށަހަޅަން އުޅޭކަމުގެ މައުލޫމާތުވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ތައިމޫރަކީ މިވަގުތު ބޮލީވުޑް ގައި އެންމެ މަގްބޫލު ކުޑަ ތަރިއެވެ. ޕަޕަރާޒީން އަބަދުވެސް ތިބެނީ ތައިމޫރަށް ފާރަލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް