އައިލެންޑް އޭވިއޭޝަންގެ ހިދުމަތް ރަގަޅު ކުރަން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މޯލްޑިވިއަންގެ ޓިކެޓްގެ ރިފަންޑު ދުވަހުން ދުވަހަށް ލިބޭގޮތް ހަމަޖެއްސުމަށް އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރުގެ ހިދުމަތް ރަގަޅުކޮށް، ހިދުމަތްދޭ ގަޑިވެސް އިތުރުކުރަން ނިންމާފައިވާކަމަށެވެ. ރިޒްވީ ވިދާޅުވީ މިއީ އެކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ބަދަލުތަކަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަމަލު ކުރެވޭނެ ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހިދުމަތްތައް މިހާރު ރައްޔިތުންނަށް ލިބެނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. ޓިކެޓް ރިފަންޑު ކުރުމަށް އެންމެ މަދުވެގެން ފަނަރަ ވަރަކަށް ދުވަސް މިހާރު ނަގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް