މިދިޔާ ހަފްތާގައި ގަވާއިދާ ހިލާފު 968 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވޭ

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި 968 ވެހިކަލެއްގައި ގަވާއިދާ ހިލާފްވުމުން ސްޓިކާ ޖަހާފައިވެއެވެ. މީގެތެރޭގައި...

14 Apr 2019 | 06:26

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި 968 ވެހިކަލެއްގައި ގަވާއިދާ ހިލާފްވުމުން ސްޓިކާ ޖަހާފައިވެއެވެ.

މީގެތެރޭގައި، 569 ވެހިކަލެއް ބަލާ ފާސްކޮށްފައިވާއިރު، ލައިސަންސާ ނުލައި ދުއްވި 59 މީހެއް ހިފަހައްޓާފައިވެއެވެ. އަދި ލައިސަންސް ނެތް 113 މީހަކު ވެސް މިދިޔަ ހަފްތާގެ ތެރޭގައި ހިފަހައްޓާފައިވެއެވެ. އަދި 18 އަހަރުން ދަށުން އުޅަނދު ދުއްވި ދެ މައްސަލައެއް ބެލިއިރު، ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވައިގެން 14 މައްސަލައެއް ވާކަން މި ތަފާސް ހިސާބުން ދައްކައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ 17  ސައިކަލަކާއި، 8 ހަތަރު ފުރޮޅުލީ އުޅަނދެއް ޓޯ ކޮށްފައެވެ. މީގެ އިތުރުން ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މައްސަލައެއް ވަނީ ބަލާފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި 58 އެކްސިޑެންޓެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 7 އެކަސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް