"ހިކެން ނިންނީ އެއްވެސް ފިރިހެނަކު އަހަންނާއެކު ނޫޅޭނެ ކަމަށް ބުނުމުން" މިއީ އުމުރުން 28 އަހަރުގެ ޕިޔާލީ ސަރްކާރްއާއި އިންޑިއާގެ ނޫސްވެރިޔަކު ހިކެން ނިންމީ ކީއްވެގެންތޯ އެހުމުން ދިން ޖަވާބެވެ.
ޕިޔާލީ ބުނިގޮތުގައި، ފަލަކަމުން އަބަދުވެސް މީހުން އެއްޗެހި ކިޔައެވެ. އެއްދުވަހު މަގުމަތިން ނުދަންނަ މީހަކު ކަލެއަކަށް އެއްވެސް ފިރިހެނެއް ނުވާނެއޭ ބުނުމުން ވަރަށް ރުޅި އައި ކަމަށާއި އެދުވަހު ހިކެން އަޒުމް ކަނޑައެޅިކަމަށްވެސް ޕިޔާލީ ބުންޏެވެ.
ޕިޔާލީގެ މަސައްކަތް ފެށިއިރު ހުރީ 77 ކިލޯއެވެ. އޭނާ ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 21 ލުއި ކޮށްލާފައެވެ.
ޕިޔާލީ ބުނިގޮތުގައި އޭނާ ހެނދުނު ކަނީ ކެއްކި ބިހަކާއި ކުޑަ ތައްޓެއްގެ އުޕްމާއެވެ. އޭގެފަހުން ބަނޑުހައި ވެއްޖެ ނަމަ ކަނީ ކޮންމެވެސް ވައްތަރެއްގެ މޭވާ އެކެވެ. މެންދުރު ކަނީ ސެލެޑެއް ނުވަތަ ފެނު ކެއްކި ތަރުކާރީއެވެ. ހަވީރު ގަޑީގައި ބަނޑުހައި ވެއްޖެނަމަ، ޕާނާއި ޕީނަޓް ނުވަތަ މޭވާއެއް ކާކަމަށް ޕިޔާލީ ކިޔައިދިނެވެ. މީގެ އިތުރުން އޭނާ ބުނީ، ރޭގަނޑުގެ ކެއުމަށް ކަނީ ފެނުކެއްކި ތަރުކާރީ ކަމުގައެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ހެނދުނު 20 މިނެޓު ޖޮގިން ކުރާ ކަމަށާއި، ކަސްރަތު ކުރާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި ހަށިގަނޑަށް ބަދަލު އަންނަން ފެށީ އެއްކޮށް ބަތާއި ހަކުރުގެ ބާވަތްތައް ހުއްޓާލި ހިސާބުންނެވެ. މީގެ އިތުރުން ތެޔޮ ހުންނަ ކާނާ ވެސް މަދުކުރުމުންނެވެ.
ޕިޔާލީ ބުނިގޮތުގައި ކުރީގައި އޭނާއަށް މަލާމާތް ކުރާ މީހުން މިހާރު ފިޓްނެސް ޓިޕްސް ހޯދަން އޭނާ ކައިރިޔަށް އާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް