ޕާކް ކޮށްފައިވާ ޕިކަޕެއްގައި ޖެހި ދެ ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ޑޯން ކެފޭ ކުރިމަތިން ދުއްވާފައި ފިޔަ ދެ ސައިކަލެއް ޕާކް ކޮށްފައިވާ ޕިކަޕެއްގައި ޖެހިފައި އެކްސިޑެންޓް ވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގީ މިއަދު 5:02 ހާއިރުގައެވެ. މި އެ...

14 Apr 2019 | 04:59

ޑޯން ކެފޭ ކުރިމަތިން ދުއްވާފައި ފިޔަ ދެ ސައިކަލެއް ޕާކް ކޮށްފައިވާ ޕިކަޕެއްގައި ޖެހިފައި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގީ މިއަދު 5:02 ހާއިރުގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެތަނުން އެއް ސައިކަލުގައި ތިބި ދެ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ފިރިހެނެއް ކަމަށާއި، ފަހަތުގައި އިނީ 24 އަހަރުގެ ފިރިހިނެއް ކަމަށެވެ. ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

މި ދެމީހުންގެ ގައިގެ އެކި ތަންތަނުން ހަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ދެމީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.

އަނެއް ސައިކަލުގައި ތިބި މީހުން ވަނީ ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް